މެލޭޝިޔާ
Malaysia
|
||||
---|---|---|---|---|
|
||||
Motto: "Bersekutu Bertambah Mutu" "Unity Is Strength" 1 |
||||
Anthem: Negaraku (My Country) | ||||
Capital | Kuala Lumpur2 3°08′N 101°42′E / 3.133°N 101.700°E |
|||
Largest city | Kuala Lumpur | |||
Official languages | Malay, English3 | |||
Ethnic groups | 54% Malay, 25% Chinese, 7.5% Indian, 11.8% other Bumiputera, 1.7% other | |||
Demonym | Malaysian | |||
Government | Federal constitutional elective monarchy and Parliamentary democracy | |||
- | Yang di-Pertuan Agong | Mizan Zainal Abidin | ||
- | Prime Minister | Najib Tun Razak | ||
Independence | ||||
- | From the United Kingdom (Malaya only) | 31 August 1957 |
||
- | Federation (with Sabah, Sarawak and Singapore4) | 16 September 1963 |
||
Area | ||||
- | Total | 329,845 km2 (66th) 127,354 sq mi |
||
- | Water (%) | 0.3 | ||
Population | ||||
- | 2009 estimate | 28,310,000[1] (43rd) | ||
- | 2000 census | 24,821,286 | ||
- | Density | 85.8/km2 (114th) 222.3/sq mi |
||
GDP (PPP) | 2008 estimate | |||
- | Total | $384.388 billion[2] (30th) | ||
- | Per capita | $14,081[2] (59th) | ||
GDP (nominal) | 2008 estimate | |||
- | Total | $221.606 billion[2] (39th) | ||
- | Per capita | $8,118[2] (65th) | ||
Gini (2004) | 40.3 ފަންވަތް:Color |
|||
HDI (2007) | 0.829[3] Error: Invalid HDI value ·66th |
|||
Currency | Ringgit (RM) (MYR) | |||
Time zone | MST (UTC+8) | |||
- | Summer (DST) | not observed (UTC{{{utc_offset_DST}}}) | ||
Date format | dd-mm-yyyy | |||
Drives on the | left | |||
Calling code | +60 | |||
Internet TLD | .my | |||
1. | Malaysian Flag and Crest from www.malaysia.gov.my. | |||
2. | Kuala Lumpur is the capital city of Malaysia and is home to the legislative branch of the Federal government. Putrajaya is the primary seat of the federal government where the executive and judicial branches are located. | |||
3. | The current terminology as per government policy is Bahasa Malaysia (literally Malaysian language)[4] but legislation continues to refer to the official language as Bahasa Melayu (literally Malay language). English may continue to be used for some official purposes under the National Language Act 1967. | |||
4. | Singapore became an independent country on 9 August 1965. |
މެލޭޝިޔާ އަކީ އިރުދެކުނު އޭޝިޔާއަށް ނިސްބަތްވާ ޤައުމެކެވެ. މެލޭޝިޔާ އެކުލެވިފައިވަނީ 13 ސްޓޭޓާއި 3 ފެޑެރަލް ޓެރިޓަރީގެ މައްޗަށެވެ. މެލޭޝިޔާގެ ޞާޙިބުއްދައުލާއަކީ އިންތިޚާބުކުރެވިފައިވާ ރަސްކަލެކެވެ. ޞާޙިބުލްޙުކޫމާއަކީ ބޮޑުވަޒީރެވެ. މެލޭޝިޔާގެ ސަރުކާރު ބައްޓަން ކުރެވިފައިވަނީ އިނގިރޭސިވިލާތުގެ ވެސްޓްމިންސްޓަރ ޕާލަމެންޓަރީ ސިސްޓަމަށެވެ.
ފިހުރިސްތު
އަވަސް ކަޅިއަކުން ބަލައިލުމެއް[އުނިއިތުރު ގެންނަވާ]
މެލޭޝިޔާގެ ރަސްމީ ބަހަކީ މެލޭ ބަހާއި އިނގިރޭސި ބަހެވެ. އިނގިރޭސި ބަހުން މެލޭޝިޔާ މީހުންނަށް ކިޔަނީ މެލޭޝިޔަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ކުއާލާލަންޕޫރެވެ. މެލޭޝިޔާގެ ވެރިރަށަކީ ވެސް ކުއާލާލަންޕޫރެވެ. މެލޭޝިޔާއަކީ ފެޑެރަލް ދުސްތޫރީ އިންތިޚާބީ ރަސްކަމެކެވެ. އަދި ޕާލަމެންޓަރީ ޑިމޮކްރަސީއެކެވެ. ޤައުމުގެ އާބާދީއަކީ 28 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 43 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 0.3 މިލިއަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ވާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ my. އެވެ. ކޯލިން ކޯޑަކީ +60 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ރިންގިޓެވެ.
ނަން[އުނިއިތުރު ގެންނަވާ]
“މެލޭޝިޔާ” މި ނަން ބޭނުން ކުރަން ފަށާފައިވަނީ 1963 ވަނަ އަހަރާ ހިސާބުގައި މެލަޔާ ފެޑެރޭޝަނާއި ސިންގަޕޫރާއި އުތުރު ބޯނިއޯ އާއި ސަރަވާކް އެކުވެގެން 14 ސްޓޭޓުގެ ފެޑެރޭޝަނެއް ޤާއިމުކުރުމާ ހިސާބުންނެވެ. އޭގެ ކުރީން ފިލިޕީންސްގެ ސިޔާސީ ބައެއް ބޭފުޅުންވަނީ “މެލޭޝިޔާ” މިނަން ފިލިޕީންސްގެ ނަމެއްގެ ގޮތުގައި ބޭނުންކުރުމާ މެދު ޚިޔާލުކޮށްފައެވެ. އެހެން ނަމަވެސް ފުރަތަމަ ރަސްމީ ގޮތެއްގައި މިނަން ބޭނުންކުރަން ފެށީ މިހާރުގެ މެލޭޝިޔާއިންނެވެ. 1850 ވަނަ އަހަރުގައި އިނގިރޭސި އެ^ްނޮލޮޖިސްޓެއް ކަމުގައިވާ ޖޯޖް ސެމިއުލް ވިންޑްސަރ އާލް ވަނީ ޖަރނީ އޮފް ދަ އިންޑިޔަން އާކިޕެލަގޯ އެންޑް އީސްޓަރން އޭޝިޔާގައި، އިންޑޮނޭޝިޔާއަށް ކިޔާނެ ނަމެއްގެ ގޮތުގައި “މެލަޔުނޭޝިޔާ” އާއި “އިންޑުނޭޝިޔާ” ހުށަހަޅާފައެވެ. މި ދެ ނަމުގެ ތެރެއިން އޭނާ ބޮޑަށް އިސްކަން ދެއްވީ ކުރީ ނަމަށެވެ.
ޖުޣުރާފީ[އުނިއިތުރު ގެންނަވާ]
މެލޭޝިޔާ ވަނީ ދެކުނު ޗައިނާ ކަނޑުން ދެ ސަރަޙައްދަކަށް ބައިވެފައިވެއެވެ. އެއީ ޕެނިންސޫލާ މެލޭޝިޔާ އާއި މެލޭޝިޔަން ބޯނިއޯ ނުވަތަ (އީސްޓް މެލޭޝިޔާ) އަށެވެ. މެލޭޝިޔާ އާއި ބޯޑަރުގެ ގޮތުން ގުޅިފައިވާ ޤައުމުތަކަކީ ތައިލެންޑާއި، އިންޑޮނޭޝިޔާ އާއި ސިންގަޕޫރާއި ބުރުނާއީއެވެ.
ތާރީޚު[އުނިއިތުރު ގެންނަވާ]
މެލޭޝިޔާގެ ހުރިހާ ހިސާބަކުން ވެސް އާސާރީ ތަންތަން ފެނިފައިވެއެވެ. “ސެމަންގް” ނުވަތަ ސަކައި ނަމަކަށް ކިޔާ ނެގްރީޓޯ (ބަބުރު) ދަރިކޮޅެކެވެ. އެމީހުންގެ ދޫދޫމަތީ ވާހަކަތަކުގައި ކިޔާ ގޮތުން އެމީހުން މެލޭޝިޔާ ސަރަޙައްދަށް އައިސްފައިވަނީ މީގެ 50000 އަހަރު ކުރީން އެފްރިކާ ބައްރުންނެވެ. އެމީހުން ބުނާ ގޮތުގައި މެލޭޝިޔާގައި އެންމެ ފުރަތަމަ ވަޒަންވެރިވި އެ ޤައުމުގެ އަދިވާސީންނަކީ އެމީހުންނެވެ. މެލޭޝިޔާ މީހުންނަށް ބަލާއިރު އެމީހުންނަކީ އިންޑޯޗައިނާ ނަސްލަށް ނިސްބަތްވާ ބައެކެވެ. އިނގިރޭސީން އެމީހުންގެ އެންމެ ފުރަތަމަ ކޮލޮނީ މެލޭޝިޔާގައި ޤާއިމުކުރީ 1786 ވަނަ އަހަރުގައެވެ. މެލަޔާއަށް އިނގިރޭސީންގެ ކިބައިން މިނިވަންކަން ލިބުނީ 31 އޮގަސްްޓް 1957 ގައެވެ. ސަބާހް (ނޯ^ް ބޯނިއޯ) އާއި ސަރަވާކާއި ސިންގަޕޫރު ގުޅިގެން މެލޭޝިޔާ އުފެދުނީ 16 ސެޕްޓެންބަރު 1963 ގައެވެ.
ޑެމޮގްރަފިކްސް[އުނިއިތުރު ގެންނަވާ]
މެލޭޝިޔާގެ އާބާދީގެ 50.4% މީހުންނަކީ މެލޭ މީހުންނެވެ. އާބާދީގެ 23.7% މީހުންނަކީ ޗައިނާ ނަސްލުގެ މީހުންނެވެ.
ސަގާފަތު[އުނިއިތުރު ގެންނަވާ]
މެލޭޝިޔާގައި އެންމެ ބޮޑު އަދި ރަސްމީ ދީނަކީ އިސްލާމްދީނެވެ. 60.4% މީހުންނަކީ މުސްލިމުންނެވެ. 19.2% މީހުންނަކީ ބުދިސްޓުންނެވެ. 9.1% މީހުންނަކީ ކްރިސްޓިޔަނުންނެވެ. 6.3% މީހުންނަކީ ހިންދޫންނެވެ. 2.6% އަކީ ސީނީ ދީންތަކުގެ މީހުންނެވެ. މެލޭ ނަސްލުގެ 100% މީހުންގެ ދީނަކީ އިސްލާމްދީނެވެ. އެހެނީ، މެލޭޝިޔާގެ ޤާނޫނު އަސާސީގެ 160 ވަނަ މާއްދާ ބުނާ ގޮތުގައި “މެލޭ” ނަސްލުގެ މީހުންނަކީ މެލޭޝިޔާ ނުވަތަ ސިންގަޕޫރަށް އުފަންވާ މީހުންގެ ތެރެއިން މެލޭ ބަހުން ވާހަކަ ދައްކާ އަދި މެލޭ އާދަކާދަތަކާ އެއްގޮތަށް އުޅެމުންދާ ކޮންމެ މުސްލިމެކެވެ. މުސްލިމަކު އެހެންދީނަކަށް ބަދަލުވެއްޖެނަމަ އެހިސާބުން ފެށިގެން އޭނާއަކީ މެލޭ ނަސްލުގެ މީހެއް ނޫނެވެ. މެލޭޝިޔާގެ ޤާނޫނު އަސާސީން މެލޭ މީހުންނަށް ޚާއްޞަ އިމްތިޔާޒުތަކެއް ވެސް ލިބިދެއެވެ.
އިޤްތިޞާދު[އުނިއިތުރު ގެންނަވާ]
މެލޭޝިޔާއަކީ އޭޝިޔާ ބައްރަށް ބަލާއިރު އެންމެ ކުރިއަރާފައިވާ އެއް ޤައުމެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 14081 ޑޮލަރެވެ.