އެކުވެރި ދައުލަތްތައް
އެކުވެރި ދައުލަތްތައް (އ.ދ) އަކީ ބައިނަލް އަޤްވާމީ ޖަމާޢަތެކެވެ. އދ. ގެ ފަރާތުން މަސައްކަތް ކުރާ މައިގަނޑު ކަންތައް ތަކުގެ ތެރޭގައި ބައިނަލް އަގްވާމީ ގާނޫނުތައް ދެމެހެއްޓުން، ބައިނަލް އަގުވާމީ ރައްކާތެރިކަމާއި ސަލާމަތްތެރިކަން ދެމެހެއްޓުން، ގައުމުތަކުގެ އިގްތިޞާދީ ކުރިއެރުމަށް އެހީތެރިވުން، އިޖްތިމާއީ ކުރިއެރުމުގައި ބައިވެރިވުން، އަދި އިންސާނީ ހައްގުތައް ރައްކާތެރިކޮށްދިނުން ފަދަ ކަންތައްތައް ހިމެނެއެވެ. އދ. އުފެދުނީ 24 އޮކްޓޯބަރ 1945 ގައި އެމެރިކާގެ ކެލިފޯނިޔާގެ ރަށެއް ކަމުގައިވާ ސެންފްރެންސިސްކޯ ގައެވެ. އދ. އުފެދުމުން އޭގެ ކުރިން އޮތް ލީގް އޮފް ނޭޝަން އޭ ކިޔޭ ޖަމާޢަތް އުވާލެވުނެވެ. އދ. އުފެދުނީ ގައުމުތަކުގައި މެދުގައި ކުރެވޭ ހަގުރާމަތައް ހުއްޓުމަކަށް ގެނެސް، ސުލްހަ ގާއިމްކުރުމަށް އެހީތެރިވެ ދިނުމަށްޓަކައެވެ. އދ. މެންބަރު ގައުމުގެ ގޮތުގައި މިހާރު 192 ގައުމު އެބައޮތެވެ. އދ. މައި ހެޑްކްއާޓަރ ހުންނަނީ އެމެރިކާގެ ނިއުޔޯކް ސިޓީ ގައެވެ.
އިދާރީ ހިންގުމުގެ ފަސޭހައަކަށް އދ. ގެ މައި އޮނިގަނޑު ވަނީ އަންނަނިވި ބައިތަކަށް ބަހާލެވިފައެވެ.
- ޖެނެރަލް އެސެމްބްލީ
- ސެކިއުރިޓީ ކައުންސިލް
- އިކޮނޮމިކް އެންޑް ސޯޝިއަލް ކައުންސިލް
- ސެކްރެޓޭރިއޭޓް
- އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް
އެކުވެރި ދައުލަތްތައް ނުވަތަ އދ. ގެ މިހާރު ސެކެޓްރީ ޖެނެރަލް އަކީ ދެކުނު ކޮރެޔާގެ ބަންކީ މޫން އެވެ. އދ.ން ވަނީ އެޖަމްއިއްޔާގެ ރަސްމީ ބަސްތަކުގެ ގޮތުގައި 6 ބަހެއް ކަނޑައަޅާފައެވެ. އެއީ ޢަރަބި، ސީނީ، އިނގިރޭސި، ފަރަންސޭސި، ރޫސީ، އަދި އިސްޕެނިޝް މި ހަބަހެވެ.
ފިހުރިސްތު
- 1 ތާރީޚް
- 2 މެންބަރޝިޕް
- 3 ހެޑްކްއާޓަރުތައް
- 4 ޚަރަދު ބެލެހެއްޓުން
- 5 ބަސްތައް
- 6 އެތުރިފައިވާ އޮނިގަނޑު
- 7 ސެކެޓްރީ ޖެނެރަލް
- 8 އަމާންކަމާއި ރައްކާތެރިކަން
- 9 އިންސާނީ ހައްގުތައް
- 10 އިޖްތިމާޢީ އަދި އިގްތިޞާދީ ކުރިއެރުން
- 11 ރިފޯމް
- 12 އަމިއްލަ ސިޔާސަތު
- 13 ޚާއްޞަ އޯގަނައިޒޭޝަންތައް
- 14 އެހެނިހެން ހަރަކާތްތައް
- 15 ފާޑުކިޔުންތައް
- 16 އަދިވެސް ބައްލަވާ ލައްވާ
- 17 ރިފަރެންސް
- 18 އިތުރަށް ވިދާޅުވޭ
- 19 އިތުރު ފާލަންތައް