ނޮވެމްބަރު

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ

ނޮވެމްބަރު މަހަކީ މީލާދީ ކަލަންޑަރުގެ އެގާރަވަނަ މަހެވެ.

  • 2 ނޮވެމްބަރު - 1963ދިވެހިރާއްޖެ:- ކިލެގެ ބުރުޒު، އަދި ބޮޑުކިބާ ކުޅިބަލާގެ ނަގަން ފެށުން
  • 5 ނޮވެމްބަރު - 1965ދިވެހިރާއްޖެ:- ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ފުރިހަމަ މެންބަރަކަށް ރާއްޖެވުން
  • 5 ނޮވެމްބަރު - 1980 - ދިވެހިރާއްޖެ:- ކަޅުވަކަރު މިސްކިތް ސަރުކާރާއި ހަވާލުކުރުމުން އަލުން ރާވައި ބެހެއްޓުމަށްފަހު ހުޅުވުން
  • 11 ނޮވެމްބަރު - 2008 -ދިވެހިރާއްޖެ:- ދިވެހިރާއްޖޭގެ ރައީސުލްޖުމްހުރިއްޔާ ކަމުގެ މަގާމުގެ ހުވާ ރައީސުލްޖުމްހުރިއްޔާ އަލްފާޞިލް [މުހައްމަދު ނަޝީދު] ކުރެއްވިއެވެ.
  • 17 ނޮވެމްބަރު - 2013 -ދިވެހިރާއްޖެ:- ދިވެހިރާއްޖޭގެ ރައީސުލްޖުމްހުރިއްޔާ ކަމުގެ މަގާމުގެ ހުވާ ރައީސުލްޖުމްހުރިއްޔާ އަލްފާޞިލް އަބްދުއްﷲ ޔާމީން އަބްދުލް ޤައްޔޫމް ކުރެއްވިއެވެ.
  • 20 ނޮވެމްބަރު - 1926 -ދިވެހިރާއްޖެ:- ރާއްޖޭގައި ފުރަތަމަ ފަހަރަށް ޗާޕްޚާނާއެއް އުފައްދައި ހިންގަން ފެށުން
  • 20 ނޮވެމްބަރު - 1954 - ދިވެހިރާއްޖެ:- ދައުލަތުގެ ބަޖެޓް ރައްޔިތުން މަޖުލިހަށް ހުށަހެޅިގެން ބަޖެޓް ފުރަތަމަ ފަހަރަށް ފާސްކުރުން
  • 20 ނޮވެމްބަރު - 1978 - ދިވެހިރާއްޖެ:- ކަމާބެހޭ ޢިލްމީ ފާހެއްނެތް މީހުން ގުރުއާންގެ އާޔަތްތައް ތަރުޖަމާކުރުން މަނާކުރެއްވުން
  • 29 ނޮވެމްބަރު - 1892 - ދިވެހިރާއްޖެ:- އުމުރުން ފުޅުން 43 އަހަރުގައި ސުލްޠާން އިބްރާހީމް ނުރައްދީން ބަންޑާރައިން އަވަހާރަވެ، އޭނާގެ ދަރިކަލުން ސުލްޠާން މުޙައްމަދު ޢިމާދުއްދީނު (ފަސްވަނަ) ނުވަތަ އާގަނޑުވަރު މަނިއްޕުޅު ރަސްކަމަށް އިސްކުރެއްވުން
  • 29 ނޮވެމްބަރު - 1962ދިވެހިރާއްޖެ:- ރާއްޖެތެރޭގެ އަތޮޅު އޮފީހަކާއި މާލެއާއި ދެމެދު ފުރަތަމަ ފަހަރަށް ރޭޑިޔޯ ޓެލެފޯންގެ ޒަރީޢާއިން ގުޅާލުން. އެއީ ހދ. އަތޮޅެވެ.